Ads by Farudhun

ޚަބަރު

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި، އާ ބްރޭންޑުތަކެއް ތަޢާރަފްކޮށްފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައި، އާ ބްރޭންޑުތަކެއް ތަޢާރަފްކޮށްފި

އެސްޓީއޯ ގެ ފުރަޔަމަ ފަންގިފިލާ ހުޅުވުން - ފޮޓޯ:ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ޖޫން 2026، 09:20

12 ޖޫން 2026، 09:20

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މާލޭގައި ހުންނަ "ޕީޕަލްސް ޗޮއިސް" ސުޕަމާކެޓުގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

2022 ވަނަ އަހަރުން ފެށިގެން "ހައިޕަމާކެޓް" ކޮންސެޕްޓަށް ބަދަލުކޮށް، އަމިއްލަ ވިޔަފާރިތަކަށް ވެސް ފުރުޞަތު ލިބޭ ގޮތަށް ހިންގަމުން އަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ މިހާރު މިވަނީ އިތުރަށް ފުޅާކުރެވިފައެވެ. އަލަށް ހުޅުވުނު މި ފަންގިފިލާގައި ތަފާތު އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ލިބެން ހުންނައިރު، އަމިއްލަ ބައެއް ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ "ޕީކަބޫ" އަދި "ޕްރޮކިއުރ ޕްލަސް" ފަދަ ފިހާރަތަކުގެ ރެކްތައް ވެސް ވަނީ ޤާއިމުކުރެވިފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯއިން ވަނީ މުޅިން އަލަށް ދެ ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފައެވެ. އެގޮތުން "ސުންމީ" (Sunmi) ބްރޭންޑު ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރެވެ. މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ފިލިޕްސް" (Philips) ބްރޭންޑުގެ އެއަރ ކޮންޑިޝަނަރުތައް ރާއްޖެއަށް ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މި ބަދަލާއެކު ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ގިނަ ބާވަތްތަކެއް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް އިތުރުކޮށް، ވިޔަފާރީގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450