Ads by Farudhun

ޚަބަރު

މާލޭ މަގުތަކުގެ ފެން ހިންދަން އެމްއެންޑީއެފުން ނުކުމެއްޖެ

މާލޭ މަގުތަކުގެ ފެން ހިންދަން އެމްއެންޑީއެފުން ނުކުމެއްޖެ

މާލޭގެ މަގުތަކުގެ ފެން ހިންދަން އެމްއެންޑީއެފުން ނުކުތުން. ފޮޓޯ: އެމްއެންޑީއެފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2026، 04:33

12 ޖޫން 2026، 04:33

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ.

މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އެކި ގަޑިތަކުގައި މާލެއަށް ބޯކޮށް ވާރެވެހެމުން ދިއުމުގެ ސަބަބުން މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު ތިން ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން މާފަންނު ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގެ އިތުރުން ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ފެން ހިންދުމުގެ ޕަންޕުތައް ބަހައްޓައިގެން އެމްއެންޑީއެފްގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ދެ ސަރަހައްދަކަށް ސަމާލު ނެރެފައެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެއެވެ. ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް ދެ ދުވަހުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ. ނަމަވެސް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450