Ads by Farudhun

ޚަބަރު

ދިފާޢީ ވަޒީރު ގަން އެއަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި

ދިފާޢީ ވަޒީރު ގަން އެއަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި

ދިފާޢީ ވަޒީރު ގަން އެއަރ ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން. ފޮޓޯ: ދިފާޢީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2026، 04:47

13 ޖޫން 2026، 04:47

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމްކޮށްފައިވާ ގަން އެއަރ ސްޓޭޝަންގެ މަސައްކަތްތައް ބައްލާވާލައްވައިފިއެވެ.

ގަން އެއަރ ސްޓޭޝަނަށް ވަޒީރު ކުރެއްވި މި ޒިޔާރަތަކީ، މިވަގުތު ޤައުމީ ދިފާޢީ ބާރުގެ ސަދަން އޭރިއާއަށް ވަޒީރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރޭގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ވަޒީރު ވަނީ އެމްއެންޑީއެފް އެއަރ ކޯރގެ ސިފައިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެއަރ ކޯއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެތަނުގައި ކުރިއަށްދާ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ވަޒީރު ވަނީ ގާތުން ބައްލަވާލައްވާފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ގަމުގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ޒިޔާރަތްކުރައްވައި، އެ ކޮމާންޑުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ބައްލަވާލެއްވިއެވެ. މި ބައްދަލުވުންތަކުގައި ސަދަން އޭރިއާގައި މަސައްކަތް ކުރައްވާ ސިފައިންނަށް ދަތިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެކަންކަމުގެ މަޢުލޫމާތު ވަޒީރު ވަނީ ހޯއްދަވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ ފުވައްމުލައް ޕޯސްޓަށްވެސް ޒިޔާރަތްކުރެއްވިއެވެ. އެ މަރުކަޒުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވައި، އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ސިފައިންނަށް ހުރި ދަތިތަކާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ދިފާޢީ ވަޒީރު ޙަސަން ރަޝީދު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެމްއެންޑީއެފްގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، ސިފައިންގެ ޙާލަތާއި ތަރައްޤީގެ މަސައްކަތްތައް ބެއްލެވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450