Ads by Farudhun

ޚަބަރު

މީދޫ ވޯޓުގެ އިންތިޒާމްތައް ވަރަށް ރަނގަޅު: އެޗްއާރްސީއެމް

މީދޫ ވޯޓުގެ އިންތިޒާމްތައް ވަރަށް ރަނގަޅު: އެޗްއާރްސީއެމް

މިއަދުގެ އިންތިޚާބުގައި ވޯޓުލުން ނިމި ވޯޓު ގުނަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖޫން 2026، 09:54

13 ޖޫން 2026، 09:54

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

 މި އިންތިޚާބުގެ ކަންކަމާ ގުޅިގެން އެ ކޮމިޝަނުން ވަނީ ޚާއްޞަ ނޫސްބަޔާނެއް ނެރެފައެވެ.

އެޗްއާރުސީއެމްއިން ވިދާޅުވީ، ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރުގެ ވޯޓުލުން ކުރިއަށްދިޔަ ގޮތް އެ ކޮމިޝަނުން އޮބްޒާވްކޮށްފައިވާ ކަމަށެވެ. އެގޮތުން ދ. މީދޫގައި ގާއިމުކުރި ދެ މަރުކަޒާއި، މާލޭ ސިޓީގައި ބެހެއްޓި މަރުކަޒުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ގާތުން ބަލާފައިވާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

އިންސާނީ ހައްޤުތަކުގެ މިންވަރު މޮނިޓަރ ކުރުމަކީ އެ ކޮމިޝަނަށް ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެޗްއާރުސީއެމްއިން ވިދާޅުވީ މި އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ހާމަކަން ބޮޑު އިތުބާރު ހުރި އިންތިޚާބެއްތޯ ކަށަވަރުކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ވޯޓުލުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރިއަށް ގޮސްފައިވަނީ ސުލްޙަވެރިކަމާއި އަމާންކަމާއެކުކަން އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރެއްވި މަސައްކަތްތަކުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރި ދައުރާއި، ކެނޑިޑޭޓުންނާއި ޕާޓީތަކުން ދެއްވި އެއްބާރުލުންވެސް އެޗްއާރުސީއެމްއިން ވަނީ ފާހަގަކުރައްވާފައެވެ. "ކެނޑިޑޭޓުންނާއި ޕާޓީތަކުން އަދި ވޯޓުގައި ބައިވެރިވެ ވޯޓުދިނުމުގެ ހައްޤު އަދާކުރެއްވި ހުރިހާ ފަރާތްތަކުން ދިމިޤުރާތީ ރޫޚު ކުރިއަރުވައި ދެމެހެއްޓުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރަން" ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖުމްލަ ގޮތެއްގައި އިންތިޒާމްތައް ފުރިހަމަ ނަމަވެސް، ބައެއް ކަންކަން އިޞްލާޙުކުރަން ޖެހޭކަން އެޗްއާރުސީއެމްއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދ. މީދޫގައި ވޯޓުލުން ކުރިއަށްދިޔަ ދެ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތްކަން އެ ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450