Ads by Farudhun

ޚަބަރު

މަރްޙޫމް އާސިފްގެ އާއިލާ އާއި ސީޕީ ބައްދަލުކުރައްވައިފި

މަރްޙޫމް އާސިފްގެ އާއިލާ އާއި ސީޕީ ބައްދަލުކުރައްވައިފި

މަރްޙޫމް އާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރެއްވުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖޫން 2026، 10:16

14 ޖޫން 2026، 10:16

މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް އެ އާއިލާއަށް ރައްދުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ބޮޑު ހިތާމައެކެވެ. އަދި ގައުމީ ވާޖިބު އަދާކުރެއްވުމުގައި އާސިފް ދެއްކެވި ސާބިތުކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ރައީސް ވަނީ ވަޒަންކުރައްވާފައެވެ.

މީގެއިތުރުން، ހިތާމައިގެ މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އާއިލާއާ ބައްދަލުކުރެއްވި މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައިވެސް އާއިލާއަށް ތައުޒިޔާ ރައްދުކުރެއްވިއެވެ. އަދި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ ހަނދާން އާކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، އާސިފްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކު ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450