Ads by Farudhun

ޚަބަރު

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 928 މިލިއަން ރުފިޔާ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 928 މިލިއަން ރުފިޔާ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު. ފޮޓޯ: ވީއައިއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖޫން 2026، 11:57

14 ޖޫން 2026، 11:57

މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެކަނިވެސް މިއަހަރުގެ މިހާތަނަށް 928 މިލިއަން ރުފިޔާ ލިބިފައިވާކަަމަށް  މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. 

އެގޮތުން މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 1.8 ބިލިޔަން ރުފިޔާއަށް ވަނީ އަރައިފައެވެ. 

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި އެކަނިވެސް މިއަހަރުގެ މިހާތަނަށް 928 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 769 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު 563 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 435 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތަ އިތުރު އަދަދެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މި ޓެކުހާއި ފީ ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ.

މި ޓެކުސްތަކުން އިސްތިސްނާވާ ފަރާތްތަކެއްވެސް ހިމެނެއެވެ. އެގޮތުން ޑިޕާޗާ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450