Ads by Farudhun

ޚަބަރު

މާފަރު ޕޮލިސް ޕޯސްޓުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މާފަރު ޕޮލިސް ޕޯސްޓުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މާފަރު ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖޫން 2026، 12:44

14 ޖޫން 2026، 12:44

ނ. މާފަރުގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ޕޯސްޓުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މާފަރު ފުލުހުންގެ ޕޯސްޓު މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓުގެ ބައެއް ވަޒީރުން އަދި ދައުލަތުގެ ބައެއް އިސް ބޭފުޅުން ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ޕޯސްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ ޕޯސްޓުގެ ވަށާ ފާރު ރޭނުމާއި، ފްލެގް ޕޯސްޓް ހަރުކުރުމުގެ އިތުރުން ޓައިލިންގެ މަސައްކަތްތައް ކަމަށެވެ. މުޅި މަޝްރޫއުގެ ޖުމްލަ 53 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތައް އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450