Ads by Farudhun

ޚަބަރު

ހދ. ފިނޭ ޕޮލިސް ސްޓޭޝަން ހުޅުވައިފި

ހދ. ފިނޭ ޕޮލިސް ސްޓޭޝަން ހުޅުވައިފި

ހދ.ފިނޭ ޕޮލިސް ސްޓޭޝަން ހުޅުވުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖޫން 2026، 03:48

14 ޖޫން 2026، 03:48

ހދ. ފިނޭގައި އަލަށް އިމާރާތްކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

 މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސްޓޭޝަން ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި އެމްޓީސީސީގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އާއި، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން ޢަލީގެ އިތުރުން ފިނޭ ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ޢަލީ ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 2.20 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ޕޮލިސް ސްޓޭޝަންގެ ކޮންކްރީޓް މަސައްކަތާއި، ފުރާޅު ހަރުކުރުމާއި، ސީލިންގ އަދި ކަރަންޓު ވަޔަރިންގ މަސައްކަތްތައް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިމާރާތުގައި ދަވާދުލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.

623 މީހުންގެ އާބާދީއެއް އޮންނަ، ދަނޑުވެރިކަމަށް މަޝްހޫރު ފިނޭގައި މިފަދަ ޚިދުމަތެއް ގާއިމުވުމަކީ ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. މިއީ ރަށުގައި އަމާން ވެއްޓެއް ކަށަވަރުކުރުމަށްޓަކައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450