Ads by Farudhun

ޚަބަރު

ޓެކްނިކަލް މައްސަލައަކާ ހުރެ "ބޯހިޔާވަހިކަން" ޕޯޓަލްގެ ޚިދުމަތް މެދުކެނޑިއްޖެ

ޓެކްނިކަލް މައްސަލައަކާ ހުރެ "ބޯހިޔާވަހިކަން" ޕޯޓަލްގެ ޚިދުމަތް މެދުކެނޑިއްޖެ

ހުޅުމާލެ ހިޔާ ފްލޭޓް -ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ޖޫން 2026، 11:03

15 ޖޫން 2026، 11:03

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންކުރާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެޕްލިކޭޝަން ހުށަހެޅުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކުރުމަށް އެ މިނިސްޓްރީގެ ފަންނީ ޓީމުން މިހާރު ދަނީ ބާރަށް މަސައްކަތް ކުރަމުންނެވެ. އަދި މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އިޢުލާނު ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.



މި މައްސަލަ ދިމާވެފައި މިވަނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި މިރޭ ދަންވަރު 12:00 އަށް ހަމަވާން ގާތްވެފައި ވަނިކޮށެވެ. ފުރުޞަތު ހަމަވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޕޯޓަލްއަށް މައްސަލަ ދިމާވުމުން، ވަގުތު އިތުރު ކުޜުމާއިމެދު އެއްވެސް ވާހަކައެއް މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

މި މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކުރާނެ ކަމެއް ނުވަތަ ނޫންކަމެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މި ސިޔާސަތުގެ ދަށުން، ގިނަ އަދަދެއްގެ ބަޔަކު ދަނީ މި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450