Ads by Farudhun

ޚަބަރު

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން މިހާރު އަންނަނީ ވަރަށް ބާރަށް ފެތުރެމުން. ފޮޓޯ: ސިޓީއެމްޑީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖޫން 2026، 11:53

16 ޖޫން 2026، 11:53

މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

 އެ އޮތޯރިޓީން ބުނީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަތް ސާފުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ފާޚާނާ ބޭނުންކުރުމަށްފަހު ސެނެޓައިޒް ކުރުމަކީވެސް ބަލި ފެތުރުން ކުޑަކުރުމަށް ކުރެވިދާނެ މުހިންމު ކަމެއްގެ ގޮތުގައި އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ބަލިޖެހުމުން އަމަލުކުރަންވީ ގޮތް
ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށާއި މަސައްކަތަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
ބޭރަށް ހިންގުމުގެ އިތުރުން ބައެއް ޚާއްޞަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އޭގެ ތެރޭގައި:
- ގިނަގިނައިން ހޮޑުލެވުން
- ބޮލަށް އެނބުރުން އެރުން
- އާދަޔާ ޚިލާފަށް ކަރުހިއްކުން
- މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން
- ބަނޑުގައި އާދަޔާ ޚިލާފަށް ރިއްސުން
- ބޮޑުކަމުދާއިރު ނުވަތަ ހޮޑުލާއިރު ލޭ ހުރުން އަދި ކުޑަކަމުދެވޭ މިންވަރު މަދުވުން ހިމެނެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހު އެކަނިވެސް ޑެންގީ ހުމުގެ 778 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އަރިދަފުސް ރޯގާގެ ހާލަތުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 40,457 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން، މިއަހަރުގެ މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުން ޓެސްޓުކުރެވުނުއިރު، އޭގެ ތެރެއިން 680 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450