Ads by Farudhun

ޚަބަރު

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިން ތަނެއް ބަންދުކޮށްފި

މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިން ތަނެއް ބަންދުކޮށްފި

އައްޑޫ މަރަދޫފޭދޫ. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖޫން 2026، 03:37

16 ޖޫން 2026، 03:37

އައްޑޫސިޓީގެ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް، މަރަދޫފޭދޫ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.

 މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދާތީ، މަރަދޫފޭދޫ "އުއްމީދުގެ" ބަންދުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު، 90 ދުވަހުގެ މުއްދަތަށެވެ.

މިއީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން މަރަދޫފޭދޫ ކޯޓުން ނެރުނު މިފަދަ ފުރަތަމަ އަމުރުކަން ފާހަގަކޮށްލެވެއެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ބުނާ ގޮތުން މިފަދައިން ބަންދުކުރާ ތަންތަން ބަންދުކޮށްފައިވާ މުއްދަތުގައި އެ ތަންތަނަށް ވަދެނުކުތުމަކީ ޤާނޫނީ ކުށެކެވެ.

ފުލުހުންގެ އިދާރާއިން ވަނީ އެފަދަ ތަނަކަށް ހުއްދަ އާއި ނުލާ ވަނުމާއި، އެ ތަންތަނަށް ގެއްލުން ދިނުން ފަދަ އަމަލުތަކަކީ ޤާނޫނުގައި ހަރުކަށި ފިޔަވަޅު އެޅޭ ކުށްތައްކަން ހަނދާންކޮށްދެއްވާފައެވެ. ދާދިފަހުން އައްޑޫސިޓީގެ ހިތަދޫގެ ގެއެއް ކަމަށްވާ "ލާމިޔާގެ" ވެސް ވަނީ 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. އެ ގެ ބަންދުކޮށްފައި ހުރި މުއްދަތުގައި ޤަވާއިދާއި ޚިލާފަށް އެ ގެއަށް ވަތް މީހަކު ފުލުހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

މީގެ އިތުރުން، ފުވައްމުލައް ސިޓީގެ ފުނާޑު އަވަށުގެ "ގުލިސްތާނުގޭ" ތަނެއް ވެސް މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ޚިދުމަތް ދޭ ކެފޭއެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ މޭއި މަހު ވަނީ ބަންދުކޮށްފައެވެ.

ފުލުހުން ވަނީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން އެ އިދާރާ އަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450