Ads by Farudhun

ޚަބަރު

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައެއް ނިމިއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައެއް ނިމިއްޖެ

ބޭރު މަގު ތަރައްގީ ކުރުން - ފޮޓޯ: އެމްޓީސީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

18 ޖޫން 2026، 09:06

18 ޖޫން 2026، 09:06

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ބޮޑުބައެއް ނިމި، މަޝްރޫޢު ނިންމުމާ ގާތަށް ގޮސްފައިވާކަން އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ތެރއިން ނަރުދަމާ އާއި ފެން ހޮޅިތަކުގެ އާ ކަނެކްޝަންތައް ގުޅުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ނިމިފައެވެ. މީގެ އިތުރުން، މައި ފެން ހޮޅި އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މަގުގައި ފެންބޮޑުވުން ހުއްޓުވުމަށްޓަކައި ހަދާ ސްޓޯމްވޯޓަރ ކެޗްޕިޓްތަކާއި، ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާއިރު، މި ހަފްތާގެ ނިޔަލަށް އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީއިން ހާމަ ކުރެއެވެ.

މަޝްރޫޢުގެ ތިންވަނަ ސެގްމަންޓުގެ ސަބްގްރޭޑިންގ ނުވަތަ މަގު އެއްވަރުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، މިހާރުވެސް މަގުގެ ދުވާރު ހެދުމާއި، މަގުގައި ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ކޭބަލް ޓްރެންޗްތައް ހެދުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފައްޓަވާފައިވާ މި މަސައްކަތަކީ، މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450