ޚަބަރު
ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރަމުންދާ "ސައިބަރ ސެކިއުރިޓީގެ ބިލު" އަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 އެވެ.
ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް މަޖިލީހުން ވަނީ އެދިފައެވެ.
މިއީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލެވޭ މުހިންމު ބިލެކެވެ.
މިއީ އަދުގެ ސަރުކާރުން އޮންލައިން ޕްލެޓްފޯމް ތަކުން ކުރާ ވައްކަން ތަކާއި، އަދި އޮންލައިންކޮށް ބުލީ ކުރުމާއި މިފަދަ ނޭއްގާނި ކަންކަން ހުއްޓުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.