Ads by Farudhun

ޚަބަރު

ގދ. ތިނަދޫ އެމްއެންޔޫ ކެމްޕަހުގެ ސްޓާފް އެކަމޮޑޭޝަން އިމާރާތުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ގދ. ތިނަދޫ އެމްއެންޔޫ ކެމްޕަހުގެ ސްޓާފް އެކަމޮޑޭޝަން އިމާރާތުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް

ތިނަދޫ އެމްއެންޔޫ ކެމްޕަހުގެ ސްޓާފް އެކޮމަޑޭޝަންގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2026، 11:25

18 ޖޫން 2026، 11:25

ގދ. ތިނަދޫގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސް އިތުރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން، މުވައްޒަފުންގެ އެކަމޮޑޭޝަން އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކާއި ސްލެބްތަކުގެ ދަގަނޑު އެޅުމާއި ފޯމްވޯކްގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ އެކަމޮޑޭޝަން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ތިން ފަންގިފިލާގެ އެކަޑަމިކް އިމާރާތެއްގެ މަސައްކަތެވެ. އޭގެ ފަހުން ދަރިވަރުންނާއި މުވައްޒަފުންނަށް ވަކިވަކިން ދެ ފަންގިފިލާގެ ދެ އެކަމޮޑޭޝަން ބްލޮކް ބިނާކުރެވޭނެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ދަރިވަރުންގެ އެކަމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީގެ ހިދުމަތް ހިމެނޭނެއެވެ. އަދި މުވައްޒަފުންގެ ބްލޮކްގައި ހަތް ކޮޓަރިއާއި ކެފޭއެއް ހިމެނޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި މަސައްކަތުގެ މަގްސަދަކީ ތިނަދޫ ކެމްޕަސް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތައުލީމީ އަދި ބޯހިޔާވަހިކަމުގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. މިކަމުގެ ސަބަބުން ތައުލީމީ ފުރުސަތުތައް އިތުރުވެ، ރަށުގެ ރައްޔިތުންނަށާއި މުޅި ސަރަހައްދަށް އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

2003 ވަނަ އަހަރު ގާއިމުކުރި އެމްއެންޔޫ ތިނަދޫ ކެމްޕަހަކީ މިހާރު ސެޓްފިކެޓް ފެންވަރުން ފެށިގެން މާސްޓާސް ފެންވަރާ ހަމައަށް ތައުލީމު ފޯރުކޮށްދޭ މަރުކަޒެކެވެ. މި ކެމްޕަހުގައި މިހާރުވެސް ނާސިންގ ސްކިލްސް ލެބަކާއި، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ، ޒަމާނީ ކްލާސްރޫމްތަކުގެ އިތުރުން ވޮކޭޝަނަލް ޓްރެއިނިންގ ވޯކްޝޮޕްތައް ހުރެއެވެ. މީގެ އިތުރުން އެހެން ރަށްރަށުން އަންނަ ދަރިވަރުންނަށް ހާއްސަ ސިންގަލް-ރޫމް އެކަމޮޑޭޝަންގެ ހިދުމަތްވެސް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450