Ads by Farudhun

ޚަބަރު

ގެމަނަފުށީ މިސްކިތުގެ ވުޟޫކުރާ ސަރަހައްދުގެ މަސައްކަތް ކުރިއަށްދަނީ

ގެމަނަފުށީ މިސްކިތުގެ ވުޟޫކުރާ ސަރަހައްދުގެ މަސައްކަތް ކުރިއަށްދަނީ

ގެމަނަފުށީ މިސްކިތުގެ ވުޟޫކުރާ ސަރަހައްދުގެ މަސައްކަތް. ފޮޓޯ: އާރްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2026، 12:39

18 ޖޫން 2026، 12:39

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ގއ. ގެމަނަފުށީގައި ބިނާކުރާ އާ މިސްކިތުގެ މަސައްކަތްތައް ބާރުުސްޕީޑުގައި ކުރިއަށްދާކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.

އާރްޑީސީ އިން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ މިސްކިތުގެ ވުޟޫ ކުރަން ހާއްސަ ކޮށްފައިވާ ސަރަހައްދުގެ ކޮލަމް ޝަޓަރިންގ މަސައްކަތްތަކެވެ.

ގެމަނަފުށީ މިސްކިތުގެ މަސައްކަތަކީ މީގެ ކުރިން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަޝްރޫއެކެވެ. ނަމަވެސް، މި ސަރުކާރުން ވަނީ މި މަޝްރޫއު އަލުން ފަރުމާކޮށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ 2024 ގައެވެ.

މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ. މިސްކިތުގައި ނަމާދުކުރާ ހޯލުގެ އިތުރުން، މުންނާރާއި، ގޯތިތެރެ ޒީނަތްތެރިކުރުމާއި، ކުތުބުޚާނާއެއް ހިމެނޭނެއެވެ. މީގެ އިތުރުން، މިއީ އިއާދަކުރަނިވި ހަކަތަ ނުވަތަ ސޯލާ ސިސްޓަމް ހަރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450