ޚަބަރު
އެމްޓީސީގެ "ހުނަވަރު" ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ޕޮލިޓެކްނިކްގެ ކޯހެއްގެ ތެރެއިން---
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ 'ހުނަވަރު' ޕްރޮގްރާމްގެ ދަށުން، މެރިން މެކޭނިކް އެޕްރެންޓިސްޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ އާފްޓަރސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމަށް ޖުމްލަ 10 ފުރުޞަތު ލިބޭނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ޢިލްމާއި ޢަމަލީ ތަޖުރިބާ ދިވެހި ޒުވާނުންނަށް ފޯރުކޮށްދިނުމެވެ.
މި އެޕްރެންޓިސްޝިޕްގައި ބައިވެރިވާ ފަރާތްތަކަށް އަމަލީ ގޮތުން މަސައްކަތްކޮށް، ދާއިރާގެ ފުންނާބު އުސް މާހިރުންގެ ފަރާތުން ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެމްޓީސީސީއިން އިންތިޒާމުކުރާ ސީ-3 މެރިން މެކޭނިކް ކޯސް މި ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް ފުރިހަމަކުރަން ޖެހޭނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަކީ އޯލެވެލް ފެންވަރަށް ތަޢުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް އެޕްރެންޓިސްޝިޕްގެ މުއްދަތުގައި ހިތްވަރު ދިނުމުގެ ގޮތުން މަހަކު 8,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ.
މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި އިންޖިނިއަރިންގ ދާއިރާއިން ފަންނީ ދިވެހިން ބިނާކުރުމަށާއި، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް އެމްޓީސީސީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 22 ޖޫން 2026 އެވެ. މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.