Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ގެނައުމަކީ ހައްސާސް މައްސަލައެއް: ނައިބު ރައީސް

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ގެނައުމަކީ ހައްސާސް މައްސަލައެއް: ނައިބު ރައީސް

ނައިބުރައީސް ހުސެއިން މުޙައްމަދު ލަޠީފް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2026، 04:54

19 ޖޫން 2026، 04:54

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ޤައުމުތައް އެކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއި ކްލައިމެޓް ފައިނޭންސިންގ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ފެށުމުގެ ގޮތުން ބޭއްވި ހައިލެވެލް ސެގްމަންޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށާއި، ޤައުމުގެ ކުރިމަގަށާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ "މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ގެނައުމަކީ ހައްސާސް މައްސަލައެއް" ކަމަށެވެ.

ރާއްޖެއިން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ފަރުތައް ހިމާޔަތްކުރުމާއި ވިލުންތެރި ބިނާރާއި މަޝްރޫޢުތައް ރަށްރަށުގައި ހިންގުމަށް ދޭ އަހަންމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ހުޅުމާލެއާއި މިހާރު ތަރައްޤީކުރަމުންދާ ރަސްމާލެއަކީ އިންސާނީ އަދި އިޤްސާދީ ތަރައްޤީއަށް ފަހިވާނޭހެން، ވިލުންތެރި އުސޫލުތަކުގެ މައްޗަށް ބިނާކުރާ ނަމޫނާ ސަރަޙައްދުތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކްލައިމެޓް މޮބިލިޓީގެ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންގެ ވަޒަންވެރިކަން ދަމަހައްޓަން ބޭނުންވާ ޙާލަތްތަކުގައި ރަށުގައި ރައްކާތެރިކަމާއެކު ތިބުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހޭނެ ކަމަށެވެ. އަދި ހިޖުރަކުރަންޖެހޭ ޙާލަތެއް މެދުވެރިވި ނަމަވެސް، އެއީ ރޭވިގެން، އަމިއްލަ އިސްނެގުމާއެކު އިންސާނީ ކަރާމާތް ނުގެއްލޭނެ ފަދަ ގޮތަކަށް ހިންގޭ މަޝްރޫޢަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަކީ ނުރައްކަލަށް ހުށަހެޅިފައިވާ ޤައުމުތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ތަރައްޤީގެ ބައިވެރިންނަށް އެމަނިކުފާނު ވަނީ މުހިންމު އިލްތިމާސްތަކެއް ކުރައްވާފައެވެ. އެގޮތުން ވަކި ޝަރުތުތަކެއް ނެތި ދޭ އެހީއާއި ހިލޭ އެހީ އިތުރުކުރުމަށާއި، ޓެކްނޮލޮޖީ ފުޅާކޮށް، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްއަށް ރާއްޖެއިން މަރުޙަބާ ކިޔާކަން ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރާ، ވިލުންވެރި ކުރިމަގެއް ހޯދައިދިނުމަށް ވަކާލާތުކުރާ އުސޫލުތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450