Ads by Farudhun

ޚަބަރު

ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 ޖޫން 2026، 11:51

20 ޖޫން 2026، 11:51

ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ، އެ ތަނުގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ތޫނު ހަތިޔާރެއް ހިފައިގެން ހުރި އެ މީހާ ފިހާރައަށް ވަދެ، އެތަނުގައި ހުރި މުވައްޒަފެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައެވެ. މީގެ އިތުރުން، ފިހާރައިގެ ކައުންޓަރު މަތީގައި ހުރި ތަކެއްޗަށް ގެއްލުންދީފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު، ހާދިސާ ހިނގި ސަރަހައްދަށް ގޮސް އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

މި ހާދިސާގައި އަނިޔާވި މުވައްޒަފުގެ ހާލަތާ ގުޅޭގޮތުން އަދި ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފިހާރައަށް ވަދެ މާރާމާރީ ހިންގި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތުލިބެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450