Ads by Farudhun

ޚަބަރު

ދެމަފިރިން ވަކިވިޔަސް މައިންބަފައިންގެ ޒިންމާ ދެމިއޮންނާނެ: ވަޒީރު ޤީލާ

ދެމަފިރިން ވަކިވިޔަސް މައިންބަފައިންގެ ޒިންމާ ދެމިއޮންނާނެ: ވަޒީރު ޤީލާ

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖޫން 2026، 02:52

20 ޖޫން 2026، 02:52

ހުލާސާ


ދެމަފިރިންގެ ދެމެދުގައި އޮންނަ ކައިވެނީގެ ގުޅުން ނިމުމަކަށް އައި ކަމުގައިވީނަމަވެސް، މައިންބަފައިންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާތައް ދެމިއޮންނާނެ ކަމަށާއި، އެ ޒިންމާ އަދާކުރުމުގައި ދެފަރާތުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ނޭޝަނަލް ފެމިލީ މީޑިއޭޝަން" ތަމްރީން ޕްރޮގްރާމާއި، ކުޑަކުދިންނާއި އަންހެނުންނަށް ޢާއިލީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ކުރިމަތިވާ ނާޒުކު ޙާލަތްތަކާ ގުޅޭގޮތުން ކުރި ދިރާސާ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޢާއިލީ ގުޅުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުން ހާމަވާގޮތުގައި، ވަރީގެ ސަބަބުން ދެމަފިރިންނަށްވުރެ ބޮޑަށް އޭގެ ނޭދެވޭ އަސަރު ކުރަނީ ކުޑަކުދިންނަށެވެ. އަދި ޢާއިލާގެ ތެރޭގައި ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން ކުދިންގެ ކުރިއެރުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ބަދަހި މުޖުތަމަޢެއްގެ ބިންގަލަކީ ހަރުދަނާ ޢާއިލާއެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޢާއިލީ މައްސަލަތަކުގައި ލިބޭ ގެއްލުންތަކުން ކުދިން ރައްކާތެރިކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތަކެއް ތިބުން މުހިއްމު ކަމަށެވެ. އެގޮތުން ފެމިލީ މީޑިއޭޓަރުން މެދުވެރިކޮށް މައްސަލަތައް ހައްލުކުރުމަށް ފަށާ މަސައްކަތަކީ މިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެއްގައި މީޑިއޭޝަންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. މިހާތަނަށް މި ޚިދުމަތް ލިބެން ހުރީ ހަމައެކަނި މާލޭގައެވެ. މި މަޝްރޫޢުގެ ދަށުން އަންނަ ޖުލައި މަހު ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޢާއިލީ ގުޅުންތައް ބަދަހިކޮށް، ވަރިއާ ހިސާބަށް ދިޔުމުގެ ކުރިން މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ޢާއިލާއާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450