ދީން / ޚަބަރު

ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފެންނާނީ ހަރުދަނާ އަޚްލާޤެއް: މެޑަމް ސާޖިދާ

ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފެންނާނީ ހަރުދަނާ އަޚްލާޤެއް: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖޫން 2026، 11:14

21 ޖޫން 2026، 11:14

ތަޢުލީމު ލިބިފައިވާ މީހެއްގެ ކިބައިން ފާޅުވާ ހަރުދަނާ އަޙްލާޤުތަކެއް ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މިއާންޒް ކޮލެޖުން ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެ ކޮލެޖަށް ޝުކުރު އަދާކުރައްވާފައެވެ.

ތަޢުލީމަކީ އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީކޮށްދޭ މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އެ ތަރައްޤީ އިންސާނެއްގެ ކިބައިން ފެންނާނީ ދެވޭ ތަޢުލީމެއްގެ ބާވަތާއި އެ ތަޢުލީމެއް ދެވޭ ގޮތަކުން ކަމަށެވެ. އަދި ރަނގަޅު ތަޢުލީމެއް ލިބިފައިވާ މީހެއްނަމަ، އެމީހެއްގެ ޢަމަލުތަކާއި ކަންކަން ކުރާނެ ގޮތުން އެކަން ސާފުކޮށް ފެންނަން އޮންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި ޤައުމާއި، އަމިއްލަ ފަސްގަނޑާއި، އަމިއްލަ ނަފްސާއި، އަމިއްލަ އާއިލާއަށް ބާއްޖަވެރިކަން ގެނައުމަށްޓަކައި

       މެޑަމް ސާޖިދާ

 އެކަމަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ތަޢުލީމު ލިބިފައިވާ މީހެއްގެ ކިބައިން ފެންނަންޖެހޭ މުހިންމު ސިފަތަކުގެ ތެރޭގައި ދީނީ ކަންކަމަށް ފަރުވާތެރިވުމާއި، މުޢާމަލާތްތަކުގައި އެހެން މީހުންނަށް އިޙްތިރާމްކުރުމާއި، ވަގުތަށް ކަމޭހިތުމުގެ އިތުރުން މަސައްކަތުގައި މުރާލިވުން ހިމެނެއެވެ.

މީގެއިތުރުން، އަބަދުވެސް އައު ކަންކަން ދަސްކޮށް ޢިލްމީ ގޮތުން ކުރިއަށްދިއުމަށް ހިންމަތްކުރުމަކީ ތަޢުލީމީ މީހެއްގެ ސިފައެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަމިއްލަ އާއިލާއާއި ޤައުމާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ލޯހުޅުވިފައި ހުރުމާއެކު، އަބަދުވެސް ޖަމާޢަތުގެ މަސްލަހަތަށް އިސްކަންދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މިއާންޒް ކޮލެޖުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި މި ރަސްމިއްޔާތުގައި، އެ ކޮލެޖަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑާއި ހަނދާނީ ފިލާ ވަނީ ދީފައެވެ. އެގޮތުން 5 އަހަރާއި، 10 އަހަރާއި އަދި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450