Ads by Farudhun

ޚަބަރު

އެމް.އޯ.ޔޫ އަށް އަމަލުނުކޮށްފިނަމަ ހަކަތައިގެ ސަޕްލައި މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން އެމެރިކާއަށް ދީފި

އެމް.އޯ.ޔޫ އަށް އަމަލުނުކޮށްފިނަމަ ހަކަތައިގެ ސަޕްލައި މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން އެމެރިކާއަށް ދީފި

މުޙައްމަދު މުޚްބަރު- ފޮޓޯ: ފޯބީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

21 ޖޫން 2026، 12:20

21 ޖޫން 2026، 12:20

އެމް.އޯ.ޔޫ އަށް އަމަލުނުކޮށްފިނަމަ ހަކަތައިގެ ސަޕްލައި މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުގެ ރޫހާނީ ލީޑަރުގެ އެޑްވައިޒަރު އަދި އެސިސްޓަންޓް މުޙައްމަދު މުޚްބަރު އެމެރިކާއަށް ދީފިއެވެ.

އީރާނުގެ ރޫހާނީ ލީޑަރުގެ އެޑްވައިޒަރު އަދި އެސިސްޓަންޓް މުޙައްމަދު މުޚްބަރު، އެމެރިކާއިން އީރާނާއެކު ވެފައިވާ އެއްބަސްވުންތަކަށް (އެމް.އޯ.ޔޫ) ފުރިހަމައަށް އަމަލުކުރުމަށް ގޮވާލައްވައިފިއެވވެ.  މުޚްބަރު ވިދާޅުވީ އެމެރިކާއިން ވެފައިވާ އެގްރީމަންޓަށް އިހުތިރާމް ކުރުމާއިއެކު އެއަށް ފުރިހަމައަށް އެއަށް އަމަލު ނުކރާ ކަމިުގައިވަނީ ނަމަ އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

އިޖުތިމާއީ މީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މުޚްބަރު ވިދާޅުވީ، އެމެރިކާއަށް އެންމެ ރަނގަޅަށް ވިސްނޭނީ އިގްތިސާދީ ބަހުރުވަ އާއި ފައިދާއާއި ގެއްލުމުގެ ހިސާބުތައް ކަމަށެވެ. އަދި އެއްބަސްވުންތަކަކީ ހަމައެކަނި ކަރުދާހުގައި އޮންނަ އެއްޗަކަށް ވެއްޖެނަމަ، މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ސަޕްލައި ނުވަތަ ތެލުގެ ވިޔަފާރި މެދުކަނޑާލާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

މުޚްބަރު އިތުރަށް ވިދާޅުވީ، އީރާނުގެ މަޝްވަރާވެރިން އެއްބަސްވުންތައް ފުރިހަމަ ތަންފީޒު ކުރުމާއި، އީރާނުގެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ލިބުމުން މެނުވީ ހިތްހަމަނުޖެހޭނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޝަހީދުވި މީހުންގެ ހަނދާންތައް އީރާނުން ދުވަހަކުވެސް ފޮހެނުލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އިންޒާރަކީ އެމެރިކާއިން އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާނަމަ، މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ފަދަ ފިޔަވަޅުތަކެއް އީރާނުން އަޅާފާނެ ކަމުގެ އިޝާރާތެއް ކަމަށް ބައިނަލްއަގުވާމީ މުރާސިލުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450