Ads by Farudhun

ޚަބަރު

ޝައިޚް އިސްމާއިލަކީ ދީނީ ތަޢުލީމު ކުރިއެރުވުމަށްޓަކައި އާދަޔާ ޚިލާފު ގަދަ ހިތްވަރެއް ކުރައްވާފައިވާ ބޭކަލެއް: ޑރ ޢަލީ ޒާހިރު

ޝައިޚް އިސްމާއިލަކީ ދީނީ ތަޢުލީމު ކުރިއެރުވުމަށްޓަކައި އާދަޔާ ޚިލާފު ގަދަ ހިތްވަރެއް ކުރައްވާފައިވާ ބޭކަލެއް: ޑރ ޢަލީ ޒާހިރު

ޑރ ޢަލީ ޒާހިރު ޝައިޚް އިސްމާޢިލްގެ އަރިހުގައި. ފޮޓޯ: ޑރ ޢަލީ ޒާހިރު ބ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2026، 12:47

21 ޖޫން 2026، 12:47

ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ތަޢުލީމު ކުރިއެރުވުމަށްޓަކައި އާދަޔާ ޚިލާފު ގަދަ ހިތްވަރެއް ކުރައްވާފައިވާ ބޭކަލެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އުސްތާޛު ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ހަނދާނުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. ޢަލީ ޒާހިރު ވަނީ ޝައިޚް އިސްމާޢީލްގެ ފާފަ ފުއްސަވައި، ހެޔޮ ރަޙުމަތް ލައްވައި، ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އެމަނިކުފާނަކީ ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ދައުލަތުގެ އިސް ސަފުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ގިނަ ބޭފުޅުންތަކެއްގެ އުސްތާޛެއްކަން ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޝައިޚް އިސްމާޢީލް ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލާއިރު، އެމަނިކުފާނު ވަނީ ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢު ކުރައްވާފައެވެ. މި މަސައްކަތްޕުޅުތަކަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި މަސައްކަތްތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450