Ads by Farudhun

ޚަބަރު

ފެނަކަ އާއި ސަލަފް ގުޅިގެން ފެނަކަ މުވައްޒިފުންނަށް ޚާއްސަ ތަމްރީނުތަކެއް ކުރިއަށްގެންދަނީ

ފެނަކަ އާއި ސަލަފް ގުޅިގެން ފެނަކަ މުވައްޒިފުންނަށް ޚާއްސަ ތަމްރީނުތަކެއް ކުރިއަށްގެންދަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ސަމީރު. ފޮޓޯ: ފެނަކަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2026، 12:48

21 ޖޫން 2026، 12:48

ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިންގ އެންޑް ރިސާޗާއި، ޖަމްޢިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓް ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

"އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުވައްޒަފުންގެ ހުނަރާއި އަޚުލާޤު ކުރިއެރުވުމަށް ފެށި މުހިންމު މަސައްކަތެކެވެ.

މި ތަމްރީނު ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ ކުންފުނީގެ އެކި ފަންތީގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ އިރުޝާދުތައް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި ސުލޫކު އިސްލާމީ ރަނގަޅު އުސޫލުތަކުގެ މަތީގައި ބިނާކޮށް، މަސައްކަތުގެ މާހައުލަކީ ހަރުދަނާ ތަނަކަށް ހެދުމަށް މި ޕްރޮގްރާމްގެ ތެރެއިން ބާރުއަޅާނެއެވެ.

މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފެނަކައިގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ވަރަށް ފުޅާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450