ޚަބަރު
މިދިޔަ ހަފްތާގައި ފުލުހުން 15،700 އަށްވުރެ ގިނަ ލޮކޭޝަން ޗެކަޕް ހިންގައިފި
ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެެ ތެރެއިން. ފޮޓޯ: ފުލުހުން
މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ހަފްތާގައި 15،700 އަށްވުރެ ގިނަ ލޮކޭޝަން ބަލާފާސްކޮށްފއިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ 2026 ޖޫން 7 އިން 13 އަށްވީ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު 325 އަށްވުރެ ގިނަ ހާދިސާއަކަށް ވަނީ އިޖާބަދީފައެވެ. އަދި ފުލުހުން ހިންގަމުންދާ އެކި އޮޕަރޭޝަންތަކާއި ގާނޫނު ތަންފީޒުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ 59 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
Weekly Stats | 7–13 June 2026
— Maldives Police (@PoliceMv) June 21, 2026
Throughout the week, our officers maintained proactive policing efforts across the Greater Malé Region, tirelessly working to ensure the safety of our communities.
During the week, officers conducted more than 15,700 location checks, responded to… pic.twitter.com/LeIqCnSRAq
މީގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން، ޓްރެފިކް ފުލުހުންނާއި ރޯޑް މެނޭޖްމަންޓް ޓީމުތަކުން ވަނީ މަގުމަތީގެ 45 ހާދިސާއަކަށް އެޓެންޑްވެފައެވެ.
ފުލުހުން ބުނެފައިވަނީ މާލެ ސަރަހައްދަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
މި މަސައްކަތަކީ އަދުގެ ރައީސުލްޖުމޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ރާއްޖެއަކީ ކުއްމަދު، އަމާންތަނަކަށް ހެދުމުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ.
ރާއްޖޭއަކީ އަމާން ތަނަކަށް ހެދުމަށްޓަކައި އަތޮޅުތެރޭގެ ރަށްތަކުގައި ފުލުހުންގެ މަރުކަޒުތަކާއި. ފުލުސް ޕޯސްޓްތައް ގާއިމު ކުރުމަށް އަދުގެ ރައީސް ޑރ މުހައްމަދުގެ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.