Ads by Farudhun

ޚަބަރު

ނިމުނު ހަފްތާގައި ކުއްލި ނުރައްކަލުގެ 11 ހާދިސާއެއް ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް

ނިމުނު ހަފްތާގައި ކުއްލި ނުރައްކަލުގެ 11 ހާދިސާއެއް ރިޕޯޓްކޮށްފައިވޭ: އެމްއެންޑީއެފް

ލ.ގަމުގައި ހިނގި އަލިފާނުގެ ހާދިސާއެއް. ފޮޓޯ: އެމްއެންޑީއެފެ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2026، 01:56

21 ޖޫން 2026، 01:56

ނިމިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ 11 ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަހުގެ 14 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ހިނގި މި ހާދިސާތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ.

ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލިފާނުގެ 9 ހާދިސާއަކާއި، މެޑިކަލް އިވެކުއޭޝަންގެ އެއް ހާދިސާ އަދި އެހެނިހެން ބާވަތުގެ އެއް ހާދިސާ ހިމެނެއެވެ. މި ހާދިސާތަކުގައި ސިފައިން ވަނީ ވަގުތުން އިޖާބަދީ، ހާލަތު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ.

ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. އެގޮތުން މާލެ ސަރަހައްދުން 8 ހާދިސާއެއް ރިޕޯޓްކޮށްފައިވާއިރު، ސަދަން އޭރިއާ ކޮމާންޑަށް 3 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ، އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް އެ މުއައްސަސާއިން 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450