Ads by Farudhun

ޚަބަރު

މަސްވެރިކަމާ ދަނޑުވެެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުރިހަމަ ކުރުމަށް މަޝްވަރާކޮށްފި

މަސްވެރިކަމާ ދަނޑުވެެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުރިހަމަ ކުރުމަށް މަޝްވަރާކޮށްފި

މަސްވެރިކަމާ ބެހޭ ވަޒީރު ސިވިލް ސާވިސް ކޮމިޝަނާއި ބައްދަލުކުރެއްވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 09:41

23 ޖޫން 2026، 09:41

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އާއި އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ރާއްޖޭގެ ސިވިލް ސަރވިސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުންނެވެ. މިގޮތުން، އިދާރީ އޮނިގަނޑުގެ ތެރެއިން ޚިދުމަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ. މި ދާއިރާތަކަކީ ރާއްޖޭގެ އިޤްތިޞާދާ ސީދާ ގުޅުންހުރި ދާއިރާތަކަކަށް ވުމާއެކު، ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވުޒާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގެ ސަބަބުން މިނިސްޓްރީ އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450