Ads by Farudhun

ޚަބަރު

އެމެެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމެެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 12:29

23 ޖޫން 2026، 12:29

ތަންފީޒީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެމެެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

 މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްއާ ދެމެދު މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ އާލް މަޓިއަރ އެވެ.

މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި، ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450