ޚަބަރު
ރ. ދުވާފަރު ސްކޫލްގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރުުސްޕީޑުގައި ކުރިއަށް
މަޑުއްވަރީ ސްކޫލްގެ 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތުގެެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ރ. ދުވާފަރު ސްކޫލްގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމްގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ އެ ރަށުގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިވަގުތު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ޕްލާސްޓަރިންގް މަސައްކަތްތަކާއި، ފުރާޅުގެ ޓްރަސް އެޅުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމުން އިމާރާތުގެ ބޮޑުބައި ނިމި، ފިނިޝިންގް މަސައްކަތްތަކަށް ތައްޔާރުވެވޭނެއެވެ.
Project Update: Completion Of 4 Classroom At R. Dhuvaafaru School
— MTCC Plc (@MTCCPlc) June 23, 2026
Internal plastering works and roof truss works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/UGWQcVUEZU
ދުވާފަރު ސްކޫލް ހިމެނޭހެން ރާއްޖޭގެ އަށާރަ ރަށެއްގެ ސްކޫލްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ތިން ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. މީގެ ތެރެއިން ދުވާފަރު ސްކޫލްގެ 4 ކްލާސްރޫމް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ތައުލީމާއި ބެހޭ ވުޒާރާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.