Ads by Farudhun

ޚަބަރު

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި

ތެލެސީމިއާ ކުއްޖަކަށް ލޭއަޅަން ގުޅައިފައިވާ ލޭ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ޖޫން 2026، 04:28

23 ޖޫން 2026، 04:28

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޒަކާތު ހައުސުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް 2.5 މިލިއަން ރުފިޔާ ދީފިއެވެ. މި ފައިސާ އިއްޔެވަނީ އެންއެސްޕީއޭއަށް ޖަމާކޮށްފައެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި، މިނިސްޓްރީ އޮފް ހެލްތާއި ދެމެދު 21 ފެބުރުވަރީ 2024 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުން ދަނީ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ވެސް 2014 ވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ޒަކާތު ފަންޑުން ތެލަސީމިއާ ހުންނަ ބަލިމީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓްތައް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަވެއެވެ. 

މީގެ އިތުރުން ވެސް ޒަކާތު ފަންޑުން ގެންދަނީ އެކި ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މީހުނަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސާދެމުންނެވެ.

ތެލެސީމިއާއަކީ އެ ބަލިގެ ސަބަބުން މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ ބައްޔަކަށްވާއިރު،  މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. ބޯންމެރޯ ހެދުމުން ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދެއެވެ. އަދި މިއީ ވަރަށް ޚާއްސަ، އަގުބޮޑު ފަރުވާއަކަށް ވުމުން، މިކަމަށް ވަރަށް ބޮޑަށް މާލީ އެހީތެރިކަމެއް ބޭނުންވާނެކަން ޒަކާތު ފަންޑުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450