Ads by Farudhun

ޚަބަރު

އުތީމު ގަނޑުވަރު ހިމެނޭ ސަރަހައްދު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

އުތީމު ގަނޑުވަރު ހިމެނޭ ސަރަހައްދު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

އުތީމު ގަނޑުވަރު. ފޮޓޯ: ފޭސްބުކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ޖޫން 2026، 04:28

23 ޖޫން 2026، 04:28

ހއ. އުތީމު ގަނޑުވަރު ހިމެނޭ ސަރަހައްދު ލޭންޑްސްކޭޕްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

އުތީމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހެއެވެ. ކައުންސިލުން ބުނި ގޮތުގައި ކަނޑައެޅިފައިވާ މުއްދަތުގައި ބިޑު ރަޖިސްޓްރޭޝަން ފޯމު ހުށަނާޅާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.

ބިޑު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ފޮތާއި، ބިޑު ހުށަހަޅާ ފޯމުގެ އިތުރުން މަސައްކަތުގެ ތަފްސީލީ ކުރެހުންތަކާއި ބީ.އޯ.ކިއު (BOQ) ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.  ބިޑު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އުތީމު ކައުންސިލް އިދާރާގައެވެ.

އުތީމު ގަނޑުވަރަކީ އުތީމު ބޮޑުތަކުރުފާނުގެ ބައްޕަ، ހުސައިން ހަތީބު ތަކުރުފާނުގެ ގެއެވެ. މިއީ ރާއްޖޭގައި މިހާރު ހުރި އެންމެ ދުވަސްވީ ގެ ކަމަށްވާއިރު، މި އިމާރާތަށް ގާތްގަނޑަކަށް 500 އަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށް ބެލެވެއެވެ. މި ތާރީޚީ ބިނާ ބެލެހެއްޓުމުގައި އުތީމު ރައްޔިތުން އަދާކުރާ ދައުރު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު އެ ރަށު ރައްޔިތުންނަށް ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450