Ads by Farudhun

ޚަބަރު

ދުންފަތާ ދެކޮޅަށް ސަރުކާރުން ފެށި ވަރުގަދަ ޖިހާދު: ވޭޕް މަނާކުރުމަކީ ދުޅަހެޔޮ މުޖުތަމައަކަށް އެޅުނު ހަރުދަނާ ފިޔަވަޅެއް - ޝުޖާއު

ދުންފަތާ ދެކޮޅަށް ސަރުކާރުން ފެށި ވަރުގަދަ ޖިހާދު: ވޭޕް މަނާކުރުމަކީ ދުޅަހެޔޮ މުޖުތަމައަކަށް އެޅުނު ހަރުދަނާ ފިޔަވަޅެއް - ޝުޖާއު

އެމްޕީ ޝުޖާއު - ފޮޓޯ: ޝުޖާއު ފޭސްބުކް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ޖޫން 2026، 11:17

24 ޖޫން 2026، 11:17

ދުންފަތާ ދެކޮޅަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި ވަރުގަދަ ޖިހާދު ވަރަށް ކާމިޔާބު ކަމަށާއި، ވޭޕް މަނާކުރުމަކީ ދުޅަހެޔޮ މުޖުތަމައަކަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށް  މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ވޭޕް މަނާކުރުމުން އެ ބޭނުންކުރާ މީހުން ދުންފަތަށް ހިޖުރަކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މިއީ އިލްމީ ދިރާސާތަކާއި ޖުމްލަ ރެކޮމެންޑޭޝަންތަކުގެ އަލީގައި ގެނެވުނު ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ ނުރައްކަލާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ ހަނގުރާމައަށް އަލިއަޅުވާލައްވަމުން ޝުޖާއު ވިދާޅުވީ، ދުންފަތާ ދެކޮޅަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް މިހާރުވެސް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރުމުގެ ސިޔާސަތު އުވިގެން ނުދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ސަރުކާރުގެ ނިޔަތް ވަރަށް ސާފު. މި މުޖުތަމައުގައި ދުންފަތް ބޭނުންކުރާ ކޮމިއުނިޓީއެއް އޮންނާކަށް ސަރުކާރުން ބޭނުމެއް ނުވޭ،" ޝުޖާއު ވިދާޅުވިއެވެ.

ވޭޕް ވަގަށް އެތެރެކުރާ މައްސަލައަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ކޮންޓެއިނަރު ސްކޭނަރުތައް ބެހެއްޓިފައި ހުރި ނަމަވެސް، އަދިވެސް ބައެއް ފަރާތްތަކުން ވަގަށް ވޭޕް އެތެރެކުރަމުންދާ ކަމަށެވެ. އަދި މީޑިއާތަކުން މައުލޫމާތު ލިބޭ ގޮތުގައި މިކަމުގެ ފަހަތުގައި ތިބީ އިދިކޮޅު އެމް.ޑީ.ޕީ އާ ގުޅުންހުރި އަދި ރާއްޖޭގައި ވެރިކަން ކޮށްފައިވާ ބޭފުޅުންގެ އާއިލާތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ދުންފަތުން ދުރުހެލިކުރުވުމަށް އޮތް ހަމައެކަނި ހައްލަކީ ޓެކްސް ބޮޑުކުރުން ނޫން ކަމަށާއި، ނަމަވެސް އެއީވެސް ބޭނުންކުރެވޭ މުހިންމު ވަސީލަތެއް ކަމަށެވެ. މީގެ އިތުރުން ދުންފަތް އިޝްތިހާރު ކުރުމުގެ ބަދަލުގައި އޭގެ ގެއްލުމުގެ މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު މެމްބަރުންގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ސަރުކާރުން މިކަމުގައި ކާމިޔާބީ ހޯދާފައިވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މި ސަރުކާރުން ފަސްޖެހުމެއް ނެތް އަޅާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޖެނެރޭޝަނަލް ބޭން ބިލެއް ވުޖޫދު ކުރަން ޖެހުނީ ރާއްޖޭގައި މަސްތުވާތަކެތި ވޭޕްގެ ޒަރިއްޔާއިން ބޭނުން ކުރަމުންދާތީ ކަމަށް ވިދާޅުވިއެވެ. 

ވޭޕް ސުކޫލުތަކަށް ގެންގޮސްގެން ކުޑަކުދިން ބޭނުންކުރަމުންދާ ކަމަށް ޓީޗަރުންނާއި، ބެލެނިވެރިންގެ ޝަކުވާތައް  ސަރުކާރާއި ހަމައަށް އައުމާއި ގުޅިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450