Ads by Farudhun

ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުން ނައްތާލަން އެއްކޮށްފައިހުރި ބަނގުރާ. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2026، 01:17

24 ޖޫން 2026، 01:17

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފިއެވެ.

ދޫނިދޫގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ނައްތާލާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، އަދި ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ތަކެއްޗެވެ. މީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 364 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 78 ފުޅި ބަނގުރަލުގެ އިތުރުން 25 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ ހަތް އައިޓަމެކެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ނައްތާލި ތަކެއްޗަކީ 13 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި، ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރަލެވެ. މި ތަކެތި ނައްތާލާފައިވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކުގެ ތެރެއިންނެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ "ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ސީދާ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450