Ads by Farudhun

ޚަބަރު

މާލީ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރަށް މަޖިލީހުން ރުހުންދީފި

މާލީ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރަށް މަޖިލީހުން ރުހުންދީފި

މާލީ ވަޒީރު ޙަސަން ޒަރީރް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2026، 03:25

24 ޖޫން 2026، 03:25

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

 މަޖިލީހުން މިގޮތަށް ފާސްކުރީ، ޒަރީރަށް ރުހުން ދިނުމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށްފަހުއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި، މާލީ ވަޒީރުގެ މަޤާމަށް ޒަރީރަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާޤުންނެވެ. މީގެ ކުރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހުވެސް ނިންމާފައިވަނީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަންކުރެއްވުމަށްފަހު، އެ ބޭފުޅަކަށް މަޖިލީހުގެ ރުހުން ހޯދުމަކީ ލާޒިމް ކަމެކެވެ. ވަޒީރުގެ މަޤާމުގެ ޤާނޫނީ ބާރުވެރިކަން ފުރިހަމަވެގެންދަނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

ޙަސަން ޒަރީރަކީ މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި، ކޮމިޝަނަރ ކަމުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450