Ads by Farudhun

ޚަބަރު

އއ. ހިމަންދޫގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުމަށް ކާބަންއެކްސް ޕްރޮގްރާމުގެ އެހީލިބިއްޖެ

އއ. ހިމަންދޫގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުމަށް ކާބަންއެކްސް ޕްރޮގްރާމުގެ އެހީލިބިއްޖެ

"ލަންޑަން ކްލައިމެޓް ވީކް"ގެ ތެރެއިން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 ޖޫން 2026، 02:35

25 ޖޫން 2026، 02:35

ޗައިނާގެ ޓެންސެންޓް ކުންފުނީގެ ކާބަންއެކްސް ޕްރޮގްރާމް 2.0 ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ރާއްޖޭގެ އއ. ހިމަންދޫގައި ކުރިއަށްގެންދާ "ލޯންގް-ޑިއުރޭޝަން އެނާޖީ ސްޓޯރޭޖް" މަޝްރޫއު ހިމެނިއްޖެއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ  އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ "ލަންޑަން ކްލައިމެޓް ވީކް" ގެ ތެރެއިން ބޭއްވި "ކާބަންއެކްސް ޕްރޮގްރާމް 2.0"  ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ. 

"ކާބަންއެކްސް ޕްރޮގްރާމް 2.0"  ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވިއިރު، ރަސްމިއްޔާތުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ތިމާވެއްޓާއި ހަކަތައާ ގުޅޭ ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އާދަޔާހިލާފު އައު އީޖާދުތަކާއި ވަސީލަތްތައް ރާއްޖެއަށް ތައާރަފުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކޮށް، އެކަމަށް އޮތް އިތުބާރު އާކުރުމެވެ.

ހިމަންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން އެރަށުގައި  'ފްލޯ ބެޓަރީ އެނާޖީ ސްޓޯރޭޖް' ނިޒާމެއް ގާއިމުކޮށް، އެ ރަށަކީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ރަށަކަށް ހެދުމަށް ވަނީ އަމާޒު ހިފާފައިކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ފަދަ މަޝްރޫއުތަކަކީ އޭގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވާ،  ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު އުފެއްދުމުގެ ނިޒާމެއް ގާއިމުވެގެންދާނެ އިންތިޒާމު ހަމަޖެހިގެންދާނޭ މަޝްރޫއުތަކެވެ. އަދި މިއީ ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވުޒާރާއިން ވަނީ ފާހަގަކުރައްވަފައެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެދަމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ގައުމީ އަމާޒެކެވެ. ހިމަންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތަކީ އެ އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450