Ads by Farudhun

ޚަބަރު

މާދަމާ ބީއެމްއެލްގެ ހިދުމަތް 30 މިނެޓަށް މެދު ކެނޑިގެން ހިނގައިދާނެ

މާދަމާ ބީއެމްއެލްގެ ހިދުމަތް 30 މިނެޓަށް މެދު ކެނޑިގެން ހިނގައިދާނެ

ބޭންކް އޮފް މޯލްޑިވްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 ޖޫން 2026، 04:03

25 ޖޫން 2026، 04:03

މާދަމާ ބޭންކުގެ ހިދުމަތްތައް 30 މިނެޓަށް މެދު ކެނޑިގެން ހިނގައިދާނެ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑް ސަރވިސަސް އިން ބުނެފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބީއެމްއެލްއިން ބުނެފައިވަނީ 26 ޖޫން 2026 ވާ ހުކުރު ދުވަހުގެ ދަންވަރު 1:30 އިން 2:00 އާއި ދެމެދު ޝެޑިއުލްޑް މެއިންޓެނެންސް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާތީ، 30 މިނެޓަށް ބޭންކުގެ ހިދުމަތްތައް މެދުކެނޑިގެން ހިނގައިދާނެ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ ނިހާޔަތަށް މާފަށް އެދިފައެވެ.



ބީއެމްއެލްއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ބޭންކަށް ވާއިރު، އެ ބޭންކުގެ ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކުން އިތުރުވަމުންނެވެ. އަދި މިއީ ދިވެހީންގެ ބޭންކުގެ ގޮތުގައި ވެސް ގިނަ ބަޔަކު ދެކެމުން އަންނަ ބޭންކެވެ. 

ބީއެމްއެލްއިން އަންނަނީ ރައްޔިތުންނަށް ޓަކައި އެތައް ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ބިޒްނަސް ބޭންކިންގެ ހިދުމަތްތަކާއި، ކާޑުންދޭ ހިދުމަތްތަކާއި، އިންޓަނެޓް ބޭންކިންގް ބެދުވެރިކޮށްދޭ ހިދުމަތްތައް ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450