Ads by Farudhun

ޚަބަރު

އުސްގެކޮޅު ހުންނަ ސަރަޙައްދުގައި ދިޔައީ މަސްތުވާތަކެތި ވެސް ބޭނުންކުރަމުން: ތަރުޖަމާނު

އުސްގެކޮޅު ހުންނަ ސަރަޙައްދުގައި ދިޔައީ މަސްތުވާތަކެތި ވެސް ބޭނުންކުރަމުން: ތަރުޖަމާނު

ސަލްޓަންޕާކްގައި ހުންނަ އުސްގެކޮޅު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

27 ޖޫން 2026، 03:33

27 ޖޫން 2026، 03:33

ދިވެހިރާއްޖޭގެ ތާރީޚީ ބިނާއެއް ކަމަށްވާ "އުސްގެކޮޅު"ގެ ފާރުތަކުގައި ގްރެފިޓީ ކުރެހުމުގެ އިތުރުން އެ ތަނުގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުރިކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް "ޕްރެސަރ ވިތު ދަ ސްޕޮކްސް"ގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މިތަން ބެލެހެއްޓުމުގެ ޒިންމާ އަދާނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ޤާނޫނީ އިމުގެ ތެރެއިން މިތަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފެށީ ވެސް، ސިޓީ ކައުންސިލްގެ އިހުމާލުން ރާއްޖޭގެ މުހިންމު ތަރިކައެއް ގެއްލިގެން ދާތީކަމަށް ދޭހަވާ ގޮތަށް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށަށް އުސްގެކޮޅު ސަރަޙައްދު ގެންނަން ނިންމީ، ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުންދާއިރުވެސް، އެ ތަން ބެލެހެއްޓުމުގެ ޒިންމާ ސިޓީ ކައުންސިލުން އަދާނުކުރާތީ.

ސަރުކާރުގެ އިސް ތަރުޖަމާނު، މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވިއެވެ.

މިނިސްޓްރީން މިދިޔަ ހަފްތާގައި ހާމަކޮށްފައިވާ ގޮތުގައި، އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން، އެ ތަނުގެ ތަޅުދަނޑި އާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވެއެވެ. ނަމަވެސް، މިހާތަނަށް ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ އެތަން ހަވާލުކޮށްފައި ނުވާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އަދި އެ ތަނުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، ތަނުގެ ސިފަ ގެއްލޭގޮތަށް ބަޔަކު ގެއްލުންދީފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން މި އަމަލު ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިނިސްޓްރީން ބުނީ މި މައްސަލަ ބަލައި، ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު (1893-1903) އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައެވެ. އަދި މީގެ 74 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވާފައިވަނީ މި އިމާރާތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450