Ads by Farudhun

ޚަބަރު

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފި

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފި

ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖޫން 2026، 07:25

28 ޖޫން 2026، 07:25

ގދ. ގައްދޫ ބަނދަރު އަލުން ތަރައްގީ ކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 1 ޖޫން 2026 ގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ ގައްދޫގެ ކަނޑުދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގުނު މުހިންމު އުމްރާނީ މަޝްރޫއެކެވެ. ޖުމްލަ 42.6 މިލިއަން ރުފިޔާ ހަރަދުވި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ނޮވެމްބަރު 2022 ގައެވެ.

މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތައް
މި މަޝްރޫއުގެ ދަށުން ބަނދަރުގެ ފުންމިނާއި ޖާގަ އިތުރުކުރުމަށްޓަކައި 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ފަޅު ކޮނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ބަނދަރަށް ވަންނަ ރާޅުތައް ކޮންޓްރޯލް ކުރުމަށްޓަކައި 232 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން، 320 މީޓަރުގެ އެއްގަމު ތޮއްޓަކާއި، އެއާ އެއްވަރުގެ ސްކައުރިންގ އެޕްރަންއެއް ވަނީ އަޅާފައެވެ. ބަނދަރުގެ ހިމާޔަތަށްޓަކައި 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ވަނީ ނިންމާލާފައެވެ.

ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 1,600 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ދުވާރު ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އުޅަނދުފަހަރު އެހެލާ ބޭލުމަށްޓަކައި ބީޗިންގ ރޭމްޕެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ތަރައްގީކޮށްފައެވެ.



މި ބަނދަރު ނިމުމާއެކު ގައްދޫގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450