Ads by Farudhun

ޚަބަރު

ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނާ އެއްގޮތަށް ބޭސްފަރުވާ ހަމަޖައްސަނީ

ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް، ޚިދުމަތުގައި ދެމިތިބޭ ފުލުހުންނާ އެއްގޮތަށް ބޭސްފަރުވާ ހަމަޖައްސަނީ

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ޕޮލިސް

28 ޖޫން 2026، 11:01

ދިވެހި ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ދުވަހު ޚިދުމަތް ކުރުމަށްފަހު، ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ އޮފިސަރުންނަށް، ފުލުހުންގެ ޚިދުމަތުގައި ދެމިހުރި އޮފިސަރަކާ އެއްގޮތަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.

މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ރިޓަޔާމެންޓް ގަވާއިދު ބުނާގޮތުން، ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްފައިވާ ފުލުހުންގެ އާއިލާތަކަށް ފުލުހުންގެ މެޑިކަލް ކްލިނިކްތަކުން ޚިދުމަތް ލިބުނު ނަމަވެސް، ޚިދުމަތުގެ އަގުގެ 50 އިންސައްތަ ދައްކަންޖެހެނީ އެ ފަރާތަކުން އަމިއްލައަށެވެ. އަދި 25 އަހަރުގެ ޚިދުމަތަށްފަހު ވަކިވާއިރު ލިބެނީ މުސާރައިގެ 62.5 އިންސައްތައެވެ. ނަމަވެސް ކޮމިޝަނަރު އިޢުލާން ކުރެއްވި މި އައު ބަދަލާއެކު، ރިޓަޔާކޮށްފައިވާ ފަރާތްތަކަށް ލިބޭ ޞިއްޙީ ޚިދުމަތުގެ އިނާޔަތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުންގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާއަށް 93 އަހަރު ފުރޭއިރު، ރައްޔިތުންނަށް ދެއްވާނެ ޔަގީންކަމަކީ ފުލުހުންގެ ހަކަތައާއި ބުންވަރަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަން ކަމަށް ވިދާޅުވިއެވެ. އަދި މުއައްސަސާގެ ލޮލުގެ ފުސްކަމަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށާއި، ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމުގަ އާއި ކުށްކުރާ މީހުންގެ ކިބައިން ގައުމު ސަލާމަތްކުރުމުގައި ފުލުހުން ދާނީ ކުރިއެރުން ހޯދަމުންކަމަށް ސީޕީ ވިދާޅުވިއެވެ.

އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި  މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން.

ކޮމިޝަނާ ވިދާޅުވިއެވެ.

ފުލުހެއްގެ ގޮތުގައި ހުރިހާ މަރުހަލާއެއް ކަނޑައްތުކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، ފުލުހުންގެ ގައުމީ، އާއިލީ އަދި ޒާތީ ކަންބޮޑުވުންތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަންކަމަށް ފުލުހުންގެ އިޙުސާސްތަކަށް އައު ނުވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ސަރުކާރާ ގުޅިގެން ފުލުހުންގެ ދަތިތައް ހައްލުކޮށް، އުފާވެރި މުއައްސަސާއެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450