ޚަބަރު
މާފަރު ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މާފަރު ފޮލިސް ޕޯސްޓް. ފޮޓޯ: އެމްޓީސީސީ
ނ. މާފަރުގައި ހަދަމުންދާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން، މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ ސަރަހައްދުގެ ޕޯސްޓުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތާއި، ވޯލް ސީލިންގްގެ މަސައްކަތްތަކެވެ.
Project Update: Development of N. Maafaru Police Post building
— MTCC Plc (@MTCCPlc) June 29, 2026
Boundary wall plastering and wall sealing works are currently ongoing at the project site.
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/4aYi4ZNekt
މަޝްރޫއުގެ 53 އިންސައްތަ ނިމިފައިވާކަން އެމްޓީސީސީއިން ކުރިން ބުނެފައިވާއިރު، މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރައުންޑް ވޯކް، ކޮންކްރީޓް މަސައްކަތްތައް، ރޭނުމާއި ސިމެންތި ޖެހުން، ފުރާޅުއެޅުން، އަދި ކަރަންޓާއި ފެނުގެ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ސީލިންގް ކުރުމުގެ އިތުރުން ކުލަލުމާއި ފިނިޝިންގެ އެންމެހާ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 2025 މާރޗު 15 ގައި އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށް ގެންދަން ފެށި މަސައްކަތެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުން ކަމަށްވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.