Ads by Farudhun

ޚަބަރު

ބާރަށު ކުނި ގޮނޑު ރަށުން ބޭރުކުރުމުގެ މަސައްކަތް ފަށައިފި

ބާރަށު ކުނި ގޮނޑު ރަށުން ބޭރުކުރުމުގެ މަސައްކަތް ފަށައިފި

ހއ.ބާރަށް. ފޮޓޯ: ބާރަށު ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖޫން 2026، 10:46

30 ޖޫން 2026، 10:46

ހއ. ބާރަށުގައި ޒަމާނުއްސުރެ ޖަމާވެފައިވާ ބޮޑު ކުނިގޮނޑު ރަށުން ބޭރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ކުނި މެނޭޖުކުރުމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 ވަނަ ދައުރުގެ ޕީއެންސީ ކައުންސިލާ ހަވާލުވިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަށުން ކުނި ބޭރުނުކޮށް ކުނި މެނޭޖުކުރުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެހީތެރިކަން ހޯދުމަށް ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައެވެ.

ކައުންސިލްގެ އެދުމުގެ މަތިން ސަރުކާރުން ވަނީ މިކަމަށް އިޖާބަދީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އެހީތެރިކަމާއެކު ކުނި ބޭރުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ދަށުން ރަށުގައި ހުރި ޒަމާންވީ ކުނިތައް އެއްކޮށް ރަށުން ބޭރުކުރެވިގެންދާނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މެންބަރު ޝުޖާޢު ވިދާޅުވީ، "މިކަމުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ދެއްވި އެއްބާރުލެއްވުމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން" ކަމަށެވެ.

ބާރަށަކީ ކުނި މެނޭޖުކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ރަށަކަށްވާއިރު، މި ފެށުނު މަސައްކަތާއެކު ރަށުގެ ތިމާވެށީގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450