ޚަބަރު
ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ތޯރިޤް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު ޠާރިޤް ސަފީރުކަމުގެ ފަތްކޮޅު އެރުވުން. ފޮޓޯ: މޯލްޑިވްސް ޔޫއޭއީ އެމްބަސީ
ދިވެހިރާއްޖެއިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ތޯރިޤް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ސަފީރު ތޯރިޤް އިބްރާހީމް ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް އަންޑަރސެކްރެޓަރީ ފޯ ޕްރޮޓޮކޯލް އެފެއާޒް، ހިޒް އެކްސެލެންސީ އުމަރު އުބައިދު އަލްހަސަން އަލްޝަމްސީއާ ބައްދަލުކުރައްވާފައެވެ.
H.E. @Thoriqibrahim, newly appointed Ambassador of the Republic of Maldives to the UAE, presented copies of his credentials to @mofauae. Meets with H.E. Omar Obaid Alhesan Alshamsi, Assistant Undersecretary for Protocol Affairs at the Ministry of Foreign Affairs.@MoFAmv pic.twitter.com/dFYqRTHKnI
— Maldives Embassy UAE (@MDVinUAE) June 30, 2026
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ވަނީ އާ ސަފީރަށް މަރުހަބާ ދަންނަވައި، އެމަނިކުފާނުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ތޯރިޤް އިބްރާހީމަކީ މީގެ ކުރިންވެސް ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުގެ ހައިސިއްޔަތުން އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އިގްތިސާދީ އަދި ސިޔާސީ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދިއުމަށެވެ.