ޚަބަރު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ފުލުހުން މީހަކު ހޯދަނީ
ބަންދުގައި ބަހައްޓައިގެން ފުލުހުން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.
މިއީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ކޯޒީކޯނަރ، ސ.ހުޅުދޫ، މޫސާމަނިކު (38އ) ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި މީނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ 1 ޖުލައި 2026 ވަނަ ދުވަހުއެވެ.
މޫސާމަނިކާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވުއި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި އެ އިދާރާއިންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.