Ads by Farudhun

ޚަބަރު

ތިލަފުށީ ވިޔަފާރި ބަނދަރުގެ އަމަލީ މަސައްކަތް ޖުލައި 6 ގައި ފަށަނީ

ތިލަފުށީ ވިޔަފާރި ބަނދަރުގެ އަމަލީ މަސައްކަތް ޖުލައި 6 ގައި ފަށަނީ

ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖޫން 2026، 04:23

30 ޖޫން 2026، 04:23

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު ބިންގާ އެޅުމަށް ނިންމާފައިވާ ކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތެއްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި މާލޭގެ މިހާރުގެ ބަނދަރަކީ މީގެ 40 އަހަރު ކުރީގެ ޑިމާންޑަށް ފަރުމާކޮށްފައިވާ ތަނަކަށް ވުމުން، މިހާރުގެ ވިޔަފާރީގެ ބޭނުންތަކަށް އެތަން އެކަށީގެންނުވެއެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީވަމުން އައިއިރު، އެއާ އެއް ފެންވަރަކަށް ކަނޑުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިން އޮތީ މަޑުޖެހިފައެވެ. ނަމަވެސް އާ ސަރުކާރުގެ އަމާޒަކީ 2027 ނޮވެންބަރުގެ ނިޔަލަށް މާލޭގެ ހުރިހާ ކޮމާޝަލް ޕޯޓް އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމެވެ.

"އެ މަސައްކަތް ނުކުރެވި އޮތީ ކީއްވެތޯ؟ ސަރުކާރަކުން އެ މަސައްކަތްކުރަން ނިންމީމަ ކުރެވޭނީ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ އެ މަސައްކަތް ކުރައްވަން. އެހެންވެ 6 އެއް ޖުލައިގައި އެތަނުގެ ބިންގާ އެޅި، 2027 ނޮވެންބަރަށް މާލޭ ކޮމާޝަލް ޕޯޓަލް ތިލަފުއްޓަށް ބަދަލުކުރެވުމުގެ މަސައްކަތް ނިމިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ބަނދަރުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ކުޅުދުއްފުށީ ބަނދަރާއި އައްޑޫ ބަނދަރުގައި ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ބަނދަރު ފުންކުރުމާއި ބިން އިތުރުކުރުމުގެ އިތުރުން، ދެ ބަނދަރުގައިވެސް ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ އިންތިޒާމުތަކާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450