Ads by Farudhun

ޚަބަރު

60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުވި - ހީނާ

60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް 4.1 މިލިއަން ރުފިޔާ ހަރަދުވި - ހީނާ

މިނިސްޓަރު ހީނާ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

01 ޖުލައި 2026، 10:32

01 ޖުލައި 2026، 10:32

 ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކަށް ދައުލަތުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު މިއަދު  ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ހީނާ މިކަން ހާމަކުރެއްވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރުގެ ސުވާލު ބިނާކުރައްވާފައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހިނގި ހަރަދުގެ ތަފްސީލާއި، މާލެއިން ބޭރުގައި އެއްވެސް ހަރަކާތެއް ބޭއްވުނުތޯ ސާފުކުރުމުގެ މައްޗަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް މި ވުޒާރާއިން ހިންގެވި ހަރަކާތްތަކަށް ޖުމްލަ ހަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ. މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މި ހަރަކާތް ހިންގާފައެއް ނުވޭ،".

ހީނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި 26 ގައި ފާހަގަކުރި މިނިވަންކަމުގެ އަލމާސް ޔޫބީލްގެ ހަރަކާތްތަކަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޖުމްލަ 4.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށާއި، އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މިނިސްޓްރީގެ ފަރާތުން މި މުނާސަބަތުގައި ރަސްމީ ހަރަކާތެއް ބާއްވާފައި ނުވާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދިޔަ އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު ދުވަސްކަމުން ސަރުކާރުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން މިލިޓްރީ ޕެރޭޑާ، ކެޑޭޓް ކޯޕްސް ޕެރޭޑް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުންވެސް އެކިއެކި ހަރަކާތްތައްވެސް މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ އިނގިރޭސީންގެ އަޅުވެތިކަމުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމަށް ބާއްވާ ދުވަހެކެވެ. މި ދުވަސް ނިސްބަތްވަނީ 26 ޖުލައި 1965 ގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް 111 އަހަރަށްވުރެ ގިނަ ދުވަހު އޮތް އިނގިރޭސިންގެ ޙިމާޔަތުގައި އޮތްއޮތުމުން (ޕްރޮޓެކްޓަރޭޓް) މުޅިން މިނިވަންވި ތާރީޚަށެވެ

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450