Ads by Farudhun

ޚަބަރު

ޤައުމީ ދާރުލްއާސާރު ތަރައްޤީކޮށް މަރާމާތުކުރުމަށް ޗައިނާ ސަރުކާރާއެކު މަސައްކަތް ފަށައިފި

ޤައުމީ ދާރުލްއާސާރު ތަރައްޤީކޮށް މަރާމާތުކުރުމަށް ޗައިނާ ސަރުކާރާއެކު މަސައްކަތް ފަށައިފި

މިންސްޓާރުހީނާ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

01 ޖުލައި 2026، 11:06

01 ޖުލައި 2026، 11:06

ޤައުމީ ދާރުލްއާސާރުގެ ފެންވަރު ރަނގަޅުކޮށް، އެތަން އިތުރަށް ތަރައްޤީކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު މަޝްވަރާތައް ކުރަމުންދާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދާރުލްއާސާރު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފަންޑިންގ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ޤައުމީ ދާރުލްއާސާރުގައި މިވަގުތު 7000 އެއްހާ އާސާރު ހުރި ނަމަވެސް، ޖާގައިގެ ދަތިކަމާއި އެކި ސަބަބުތަކާ ހުރެ މިވަގުތު އާންމުންނަށް ދައްކާލުމަށް ޑިސްޕްލޭ ކުރެވިފައިވަނީ 700 އެއްހާ އާސާރެވެ. މީގެ ތެރޭގައި 1500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރީ އަގުހުރި ތަކެތި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދާރުލްއާސާރު ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އާސާރުތައް ދަރަޖަކުރުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ މިންގަނޑުތަކަށް ފެއްތުމުގައި މިހާރު ދަތިތަކެއް އެބަހުރި ކަމަށެވެ.

މިއީ ކުރީގެ ސަރުކާރުތަކުން އެދެވޭ ސަމާލުކަމެއް ދީފައި ނުވާ ދާއިރާއެއްކަމުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ވަކި މިނިސްޓްރީއެއް އުފައްދަވައި، ރާއްޖޭގައި ހުރި މިފަދަ އާސާރީ ތަންތަނާއި އަދި ތަކެތި ހިމާޔަތްކުރުމަށް އެ މިނިސްޓަރީގެ މެންޑޭޓްގައިވަނީ ހިމަނުއްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރު ފުރަތަމަ ހުޅުވާފައިވަނީ 11 ނޮވެމްބަރު 1952 ގައި އޭރުގެ ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީއެވެ. އޭގެ ފަހުން، ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރި މިހާރުގެ އައު އިމާރާތް ހުޅުވާފައިވަނީ 26 ޖުލައި 2010 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450