Ads by Farudhun

ޚަބަރު

ސްޓެލްކޯގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ހިންގި ލީޑަރޝިޕް ޕްރޮގްރާމް ނިންމާލައިފި

ސްޓެލްކޯގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ހިންގި ލީޑަރޝިޕް ޕްރޮގްރާމް ނިންމާލައިފި

ސްޓެލްކޯގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ހިންގި ލީޑަރޝިޕް ޕްރޮގްރާމް ނިންމާލުން. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 11:21

01 ޖުލައި 2026، 11:21

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުސްތަގުބަލަށް ބޭނުންވާ ގާބިލު ލީޑަރުން ބިނާކުރުމުގެ މަގުސަދުގައި، އެ ކުންފުނީގެ ޔުނިޓް ހެޑުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 'އޯގަނައިޒޭޝަނަލް ލީޑަރޝިޕް ރެޑިނަސް ޕްރޮގްރާމް' މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ މަސައްކަތުގެ މާހައުލު ބައްޓަންކުރުމާއި މުވައްޒަފުން ކުރިއެރުވުމުގައި ޔުނިޓް ހެޑުން އަދާކުރާ މުހިންމު ދައުރު އިތުރަށް ހަރުދަނާކުރުމެވެ.



ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މިފަދަ ތަމްރީނު ޕްރޮގްރާމްތައް މެދުވެރިކޮށް ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މުސްތަގުބަލުގައި ކުންފުނި ހިންގުމާ ހަވާލުވާނެ ގާބިލު ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450