Ads by Farudhun

ޚަބަރު

ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ޖެންސެޓް ކޭބަލްތައް އާކުރަން ފަށައިފި

ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ޖެންސެޓް ކޭބަލްތައް އާކުރަން ފަށައިފި

ޖެންސެޓް ކޭބަލްތައް އާކުރުން. ފޮޓޯ: ފެނަކަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 12:50

01 ޖުލައި 2026، 12:50

ހދ. ނޭކުރެންދޫގެ އިންޖީނުގޭގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ ރަށުގައި ބޭނުންކުރާ 400 ކިލޯވޮޓްގެ ޖެންސެޓާއި ކޮންޓްރޯލް ޕެނަލްއާ ދެމެދު އަޅާފައިވާ ކޭބަލްތައް އާކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

މި މަސައްކަތަކީ ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޓެކްނިކަލް ގޮތުން ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ބަދަލާއެކު، ޖެންސެޓުން އުފައްދާ ހަކަތަ އެންމެ ފުރިހަމަ ގޮތުގައި ވިއުގައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.



ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. މިއީ އެ ރަށުގެ ކަރަންޓުގެ ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450