Ads by Farudhun

ޚަބަރު

ޔޫއެން އެސްކެޕްގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ ރިޔާސަތު ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ބަލަހައްޓަވައިފި

ޔޫއެން އެސްކެޕްގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ ރިޔާސަތު ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ބަލަހައްޓަވައިފި

ތިމާވެއްޓަ ބެހޭ ވަޒީރު ޢަލީ ޝަރީފް. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 02:21

01 ޖުލައި 2026، 02:21

ތައިލެންޑުގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް) ގެ ތިމާވެއްޓާއި ތަރައްގީއާ ބެހޭ ކޮމިޓީގެ ނުވަވަނަ ސެޝަނުގެ ރިޔާސަތު، ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބަލަހައްޓަވައިފިއެވެ.

މި ބައްދަލުވުމަކީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ވަޒީރުންނާއި މާހިރުން އެއްވެ، ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ތިން ބޮޑު ކާރިސާ ކަމަށްވާ މޫސުމީ ބަދަލުތަކާއި، ދިރުންތަކުގެ ނަސްލު ނެތިދިއުމާއި، ތަޣައްޔަރުވުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި ސެޝަނުގައި ރާއްޖެއިން ވަނީ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެން މެނޭޖްކުރުމާއި، ސާފު ވައި ކަށަވަރުކުރުމުގެ އިތުރުން ގުދުރަތީ ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތައް އިސްވެ ކުރިއަށް ގެންގޮސްފައެވެ. ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މި ސަރަހައްދުގެ އެއްބައިވަންތަކަމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި ތަނަވަސްކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހުށަހެޅި ބަޔާނުގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދުވަހުން ދުވަހަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގިރާ ސަރަހައްދުތައް އިތުރުވުމާއި، ބޯފެނުގެ ދަތިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ހިމެނެއެވެ. މީގެ އިތުރުން، މަލްޓިޑައިމެންޝަނަލް ސްޓްރަކްޗަރަލް ވަލްނަރަބިލިޓީ އިންޑެކްސް ގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި، ފެން މެނޭޖްކުރުމަށް ކުރާ އިންވެސްޓްމަންޓްތައް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި އަވަހަށް އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމުގެ މުހިންމުކަމެވެ. އަދި ސަރަހައްދީ ފެންވަރުގައި ވައި ނުސާފުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް 'މާލޭ ޑިކްލަރޭޝަން އޮން އެއާ ކޮލިޓީ' ހަނދާންކޮށްދީ، ރާއްޖޭގެ NDC3.0 ލަނޑުދަނޑިތަކުގެ ދަށުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތައް ތަކުރާރުކޮށްފައިވެއެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގްތިސާދީ ބުރަ ބޮޑުވެފައިވާކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރާއްޖެއިން ބުންޏެވެ. އަދި އޭޝިއާ އާއި ޕެސިފިކް ސަރަހައްދުގެ ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450