ޚަބަރު
އޮޔާދަނިކޮށް ފެނުނު ޗައިނާގެ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފި
ދިވެހިރާއްޖޭގެ ރިޒޯޓެއް---
ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ފަތުރުވެރިޔާ ފެނިފައިވަނީ މިއަދު މެންދުރުފަހު 14:26 ހާއިރު، މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ ފަތުރުވެރިޔާ ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާ ދަމައިގަތުމާ ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ ފަތުރުވެރިޔާ ފެނިފައިވަނީ އޭނާ ހުރި ރިސޯޓާ ގާތްގަނޑަކަށް އެއް މޭލު ބޭރަށް އޮޔާ ގޮސްފައި ވަނިކޮށެވެ. ކަނޑުމަތިން އޭނާ ފެނުމާއެކު، ފުލުހުން ވަނީ ވަގުތުން އޭނާ ލޯންޗަށް ނަގައި ސަލާމަތްކޮށްފައެވެ.
މި ހާދިސާގައި ސަލާމަތްކުރި ފަތުރުވެރިޔާ، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްދީފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.