ކުޅިވަރު

ހަތަރު މިނެޓުން ހާލަތު ބަދަލުކޮށް ސެނެގާލް ހިތްދަތިކޮށްލުމަށްފަހު ބެލްޖިއަމް ގަދަ 16އަށް

ހަތަރު މިނެޓުން ހާލަތު ބަދަލުކޮށް ސެނެގާލް ހިތްދަތިކޮށްލުމަށްފަހު ބެލްޖިއަމް ގަދަ 16އަށް

ބެލްޖިއަމްއަށް ޕެނަލްޓީ ލިބުނު ފައުލް / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2026، 07:23

02 ޖުލައި 2026، 07:23

ވޯލްޑް ކަޕްގައި ސެނެގާލް 2-0އިން މޮޅުވެފައި ވަނިކޮށް، މެޗު ނިމެން ހަތަރު މިނެޓު އޮއްވައި މެޗު ހާލަތު ބަދަލުކޮށް، ސެނެގާލް ހިތްދަތިކޮށްލުމަށްފަހު ބެލްޖިއަމް ގަދަ 16އަށް ދަތުރުކޮށްފިއެވެ.

މެނޭޖަރު ޕޭޕް ތިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ސެނެގާލް ޓީމުން މެޗުގެ ބޮޑުބައިގައި މޮޅު ކުޅުމެއް ދައްކައި، ހަބީބް ދިއާރާ އާއި އިސްމާއިލާ ސާރް ޖަހައިދިން ލަނޑުތަކުން 2-0 އިން ކުރި ހޯދާފައި އޮތެވެ. 

ނަމަވެސް މެޗުގެ 86 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ޖަހައިދިން ލަނޑާއެކު ބެލްޖިއަމްއަށް އުންމީދު އާވިއެވެ. އޭގެ ތިން މިނެޓު ފަހުން، ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ކެޕްޓަން ޔޫރީ ޓީލަމަންސް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަދެ، ނަތީޖާ އެއްވަރުވިއެވެ.

ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް ބެލްޖިއަމްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމު މޮޅުވީ 3-2 އިންނެވެ. މި ޕެނަލްޓީއަކީ ލަމީން ކަމާރާ، ޓީލަމަންސްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރް (VAR) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އަދި މި ޕެނަލްޓީއާ މެދު ވަނީ ވަރަށް ބޮޑު ބަހުސެއް އުފެދިފައެވެ. މި ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ޓީލަމަންސްއެވެ.

މި އަހަރުގެ ކުރީކޮޅު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތަށިވެސް އެ ޓީމަށް ގެއްލިފައިވާއިރު، މި މެޗުން ބަލިވުމަކީ އެޓީމަށް ލިބުނު އިތުރު މާޔޫސްކަމެކެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ރޯއީ ކީން ބުނި ގޮތުގައި، ސެނެގާލްއިން މުޅި މެޗު ކޮންޓްރޯލްކޮށް މޮޅަށް ކުޅުމަށްފަހު "މެޗުން ބަލިވާނެ މަގެއް ހޯދީ" އެވެ.

ބެލްޖިއަމްއަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ދެ ލަނޑުން ފަހަތުގައި އޮތުމަށްފަހު، ފަހަތުން އަރައި މޮޅުވި ޓީމެކެވެ. މި ފަހަރުގެ މޮޅާއެކު އެޓީމު މިވަނީ އަނެއްކާވެސް އެފަދަ ތާރީޚީ ކާމިޔާބީއެއް ތަކުރާރުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450